ދުނިޔެ

ޔުކްރޭންގައި ރަޝިއާ ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ

ރަޝިއާގެ އަސްކަރިއްޔާއިން ޔުކްރޭންގައި ހިންގަމުން ގެންދަނީ ވަކި ޚާއްސަ ކަމަކަށް ނިޔަތްގަނެގެން ހިންގާ ޚާއްސަ ޕްރޮގްރާމެއް ކަމަށާއި ހަނގުރާމައަކަށް ހަދައި ޔުކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުން ނުކުރާނެ ކަމަށް ރަޝިއާ ބުނެފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވާ ރަޝިއާ އެމްބެސެޑަރު އަންޑްރޭ ކެލިން ބީބިސީއަށް ވިދާޅުވި ގޮތުގައި ސިއްރިޔާތުގައި ނުވަތަ ފާޅުކަށް ބޮޑު ގޮތެއްގައި ވެސް ޔުކްރޭންގައި ނިއުކްލިއާ ހަތިޔާރު ބޭނުމެއް ނުކުރާނެ އެވެ.

އެމްބެސެޑަރު ވިދާޅުވި ގޮތުގައި ޔުކްރޭންގައި ބަދަލު ކުރެވޭ ހަމަލާތައް، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހޭ ހިސާބަކަށް ނުދެ އެވެ. ރަޝިއާ އަތުގައި ޒަމާނީ ހަތިޔާރު ހުރި ނަމަވެސް އަދި އެތަކެތި ބޭނުން ނުކުރަނީ މިހާރަށް ވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު ވިދާޅުވި ގޮތުގައި ރަޝިއާ ހަމަލާ ދޭނީ ތަންތަނަށެވެ. ރަޝިއާއަށް އެހާ ބޮޑު ގެއްލުމެއް ލިބެނީ ވެސް މީހުން މަރަން ހަމަލާ ނުދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭނުން ހަމަލާ ދެނީ ގާފިލާތަކުގައި ބަދަލުގައި ރަޝިއާ ސިފައިންނަށް އަމާޒުކޮށް، މީހުން މެރުމަށެވެ.

ޔުކްރޭންގެ ހާލަތު ގޯސްވެފައި ވަނީ އެ ދެމެދަށް އެހެން ބަޔަކު ވަނުމުން ކަމަށް ސަފީރު ވިދާޅުވި އެވެ. ހާލަތު ގޯސްވާ މެދުވެރިވީ ހަމައެކަނި ރަޝިއާ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭން މިހާރު ވެސް މަސައްކަތް ކުރަނީ އަމިއްލަ ރައްކާތެރިކަމާ ސަލާމަތަށް ވުރެ ބޮޑަށް ހުޅަނގު ސަލާމަތްކޮށް ބާރުވެރި ކުރުވުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔުކްރޭންގައި ރަޝިއާއާ ދެކޮޅަށް ހަމަލާ ދިނުމުގައި އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕުން ވެސް ބައިވެރިވެ އެވެ.

ޔުކްރޭންގައި ހިންގަނީ ހަނގުރާމައެއް ނޫން ކަމަށް ރަޝިއާ ބުނި ނަމަވެސް، ރަޝިއާގެ ހަމަލާތަކުގައި މުޅި ޔުކްރޭން މިހާރު އޮތީ ކުނިގޮނޑަކަށް ވެފަ އެވެ. އުމްރާނީ ތަރައްގީ މުޅިންހެން ވަނީ ބިމާހަމަވެފަ އެވެ.

ޔުކްރޭން ކުރިން އޮތް ހާލަތަށް ގެނައުމަށް ބިލިއަނުން ބިލިއަނުން ފައިސާ ހޭދަކު ރަން ޖެހޭނެ އެވެ. އަދި ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި ވެސް ބައެއް ސިނާއަތްތައް ހެޔޮފާލަށް ނޭޅޭނެ އެވެ.