އެމްއެންޑީއެފް

ދޯންޏެއް ގެއްލިގެން ހޯދަނީ

Jun 1, 2022

ސަފާރީއެއްގައި ކަފުޖަހައިގެން ގެންދަނިކޮށް ގެއްލުނު ދޯންޏެއް ހޯދަން އިއުލާންކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ނ. އަތޮޅު ހިންގާ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ "މާކޯނި" ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ ދޯންޏެއް ކަނޑައިގެންގޮސް ގެއްލިފައިވާތީ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ދޯނި ގެއްލުނީ ރޭ 10:35 ހާއިރު ޅ. ކުރެންދޫގެ އެއް މޭލު ބޭރުންނެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ އެ މައުލޫމާތު ލަސްނުކޮށް ކޯސްޓްގާޑާ ހިއްސާކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އެދިފަ އެވެ.