މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ކޮލެޖުގެ ވެރިޔަކަށް ޝިފާން

Jun 1, 2022

ފުލުހުންގެ ހެޑް އޮފް ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން އައްޔަންކޮށްފި އެވެ.

އައްޑޫއާއި ފުވައްމުލައް ހިމެނޭ ރީޖަންގެ ކޮމާންޑަރުކަން ވެސް ކުރިން ކުރައްވާފައިވާ ޝިފާން އެންމެ ފަހުން ހުންނެވީ ހެޑް އޮފް މާލެ އޭރިއާ 1 (މާލޭ ސިޓީ ޕޮލިސް)ގެ މަގާމުގަ އެވެ.

ފުލުހުންގެ އިދާރާ އިން އިއްޔެ ވަނީ ހެޑް އޮފް މާލެ އޭރިއާ 1 (މާލެ ސިޓީ ޕޮލިސް )ގެ މަގާމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ސަމީރު ހަމަޖައްސާފަ އެވެ. އޭނާ ކުރިން ހުންނެވީ ހެޑް އޮފް ސްޕެޝަލިސްޓް ޓެކްޓިކަލް ރެސްޕޯންސްގެ މަގާމުގަ އެވެ.

ހެޑް އޮފް ސެންޓާ ފޯ އެޕްލައިޑް ޕޮލިސިންގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސޮބާހް ވެސް ވަނީ އައްޔަންކޮށްފަ އެވެ. އޭނާ ކުރިން ހުންނެވީ ހެޑް އޮފް ހައި ވިޒިބިލިޓީ ޕޮލިސިން ޔުނިޓުގެ މަގާމުގަ އެވެ.

ފުލުހުންގެ އިދާރީ ހިންގުމުގައި ހިމެނޭ ބަހާތަކުގެ ބައެެއް މަގާމުތަކަށް ބަދަލު ގެނެސްފައި މިވަނީ އާންމު އުސޫލަކުން ބަދަލު ގެންނަ ހަމައިން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެ އެވެ.