މޯލްޑިވްސް ޕޮލިސް ސާވިސް

ފޭދޫގައި ޒަހަމްކޮށްލި ޒުވާނާ މަރުވެއްޖެ

Jun 2, 2022
3

ސ. ފޭދޫގައި މާރާމާރީ ހިންގާ ޒަހަމްކޮށްލި ޒުވާނާއަށް ފަރުވާ ދެމުންދަނިކޮށް މަރުވެއްޖެ އެވެ.

މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ މަރުވީ މިއަދު ހެނދުނު އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދެނިކޮށް މަރުވީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހަމަލާދީފައިވަނީ ޒުވާނާގެ ބުރަކަށްޓަށް ކަމަށާއި ނަމަވެސް ޒަހަމް ފުންކޮށް ހުރުމުން މެޔަށް ވެސް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އައްޑޫގައި ހިނގަމުންދާ މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށެވެ.

ފޭދޫގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މާރާމާރީ ހިންގާ 19 އަހަރުގެ ޒުވާނެއް ޒަހަމްކޮށްލާފަ އެވެ. އޭނާއަށް މިވަގުތު ފަރުވާ ދެމުންދަނީ މާލޭގަ އެވެ.