ހަބަރު

ދެވަނަ ފަހަރަށް "ޕީސް ބޯޓް" މާދަމާ ރާއްޖެ އަންނަނީ

ޖަޕާނުގެ އެންޖީއޯއަކުން އިންތިޒާމްކޮށްގެން ދުނިޔޭގެ ސުލްހަ އަށް މަސައްކަތްކުރާ "ޕީސް ބޯޓު" މާދަމާ ރާއްޖެ އަންނާނެ ކަމަށް ލެޓްސްގޯ މޯލްޑިވްސް އިން ބުނެފި އެވެ.

ޕީސް ބޯޓުގެ މި ދަތުރާ ބެހޭގޮތުން ލެޓްސްގޯ އިން ބުނީ މި ބޯޓު މާދަމާ ހެނދުނު 6:30 ގައި ބަނދަރު ކުރާނެ ކަމަށާއި ދެ ދުވަހަށް ރާއްޖޭގައި ޕީސް ބޯޓް މަޑު ކުރާނެ ކަމަށެވެ.

ޕީސް ބޯޓްގެ ދަތުރުގައި ގައުމީ ޔުނިވަސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން މޫސުމަށް އަންނަ ބަދަލުތަކާބެހޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާއިރު ޔުނިވަސިޓީން ހޮވާލެވޭ ދަރިވަރުންތަކެއް ޕީސް ބޯޓަށް ގެންދާނެ އެވެ.

މިއީ ޕީސް ބޯޓު ރާއްޖެއަށް ކުރާ ދެވަނަ ދަތުރު ނަމަވެސް މިއީ ދުނިޔޭގެ ގައުމުތަކަށް އެބޯޓުކުރާ 90 ވަނަ ދަތުރެވެ. އެބޯޓު މީގެ ކުރިން ރާއްޖެ އައިސްފައިވަނީ 2013 ވަނަ އަހަރެވެ.