މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސް އޮފިސަރުންނަށް އިންޑިއާގައި ތަމްރީނުތަކެއް

Jun 2, 2022
1

ރާއްޖޭގެ ކަސްޓަމްސް އޮފިސަރުން، އިންޑިޔާގެ މުމްބާއީގެ ނެޝަނަލް އެކެޑެމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސް އަދި ނާކޮޓިކްސް (އެންއޭސީއައިއެން) އަށް ޒިޔާރަތްކުރުމުގެ ކުރިން ހާއްސަ ރަސްމިއްޔާތެއް މިއަދު މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބާއްވައިފި އެވެ.

މި މަހުގެ ހަވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހަށް ކުރާ މި ދަތުރުގައި ރާއްޖޭގެ ކަސްޓަމްސްގެ 30 އޮފިސަރަކު ބައިވެރިވާނެ އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނި ގޮތުގައި މިއީ ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންގެ ގާބިލުކަން އިތުރު ކުރުމުގެ ދަތުރެކެވެ.

މި ދަތުރުގައި އޮފިސަރުން، ވަޔާއި ކަނޑުގެ ކަސްޓަމްސް ބޯޑަރުތަކުގައި ގާނޫނު ތަންފީޒު ކުރުމުގެ މައުލޫއަށް ބިނާކޮށް ހިންގޭ ހަތަރު ހަފްތާގެ ތަމްރީނެއްގައި ބައިވެރިވެ އިންޓަރެކްޓިވް ސެޝަންތަކާއި ކަމާބެހޭ ވުޒާރާތަކަށް ޒިޔާރަތްކުރާނެ އެވެ.

ދަތުރުގެ ކުރީން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިންޑިއަން ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިޓް ރިތޭޝް އާއި ކަސްޓަމްސް ސާވިސްގެ ކޮމިޝަނާ ޖެނެރަލް އަބްދުالله ޝަރީފް ބައިިވެރިވެ ވަޑައިގަތެވެ.

ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތު ވިދާޅުވީ މިހާތަނަށް މުމްބާއީގެ އެންއޭސީއައިއެން އިން ބޭއްވި ތަމްރީން ޕްރޮގްރާމްތަކުގެ ހުރިހާ އިވެންޓެއްގައި ރާއްޖޭގެ ކަސްޓަމްސް އޮފިސަރުންގެ ބައިވެރިވެފައިވާ ކަމަށާއި ކަސްޓަމްސް ކޫޕަރޭޝަން އެމްއޯޔޫއެއްގައި 2019 ވަނަ އަހަރުު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި ކަމަަށެވެ. އޭނާ އަދި ވިދާޅުވީ ކަސްޓަމްސްގެ ބޭނުމަށް އިތުރު ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރު ތެރޭގައި ބާއްވާނެ ކަމަށެވެ.

އިންޑިޔާ އާއި ރާއްޖޭގެ ދެމެދު ކަސްޓަމްސް ދާއިރާގެ ގުޅުން މިދިއަ އަހަރުތަކުގައި އަހަރުތަކުގައި ވަރުގަދަވެފައިވާކަން ފާހަގަ ކުރައްވާ ރޯހިތު ވިދާޅުވީ މިހާތަނަށް 100 ކަސްޓަމްސް އޮފިޝަލަކު އިންޑިޔާއަށް ފޮނުވައި ތަމްރީންދީފައިވާ ކަމަށާއި އިރުތު 90 އޮފިޝަލަކު އޮންލައިން ޕްރޮގްރާމްތައް މެދުވެރިކޮށް ތަމްރީން ކޮށްފައިވާ ކަމަށެވެ.