މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ހުރަވީ ބިލްޑިން ތަޅާލަން ފަށައިފި

Jun 5, 2022

ދައުލަތުގެ އެންމެ ދުވަސްވީ އޮފީސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ ހުރަވީ ބިލްޑިން ތަޅާލަން ފަށައިފި އެވެ.

ހުރަވީ ބިލްޑިން ތަޅާލުމަށްފަހު އެ ބިމަށް ހަދާނެ ވަކި ގޮތެއް އަދި ސަރުކާރުން ނިންމާފައެއް ނުވެ އެވެ.

ބާވެ ބޭނުން ނުކުރެވޭ ވަރުވެފައިވާ އަދި ގާތްގަނޑަކަށް 35 އަހަރުވެފައިވާ ހުރަވީ ބިލްޑިންގައި މިދިޔަ އަހަރާ ހަމައަށްވެސް ދައުލަތުގެ އޮފީސްތައް ހިންގާފައިވެ އެވެ.

ހުރަވީ ބިލްޑިން ތަޅާލުމުގެ މަސައްކަތް ފަށާފައި މިވަނީ އެ އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާ ގުޅޭ އިދާރާތަކުން ކަނޑައެޅިތާވެސް 10 ވަރަކަށް އަހަރު ފަހުންނެވެ.

އިމާރާތް ތަޅާލުމުގެ ކުރިން އެ އިމާރާތުގައި ހުރި ބޭނުންކުރެވޭ ޒާތުގެ ތަކެތި ސަރުކާރުން ވަނީ ނީލަމުގައި ވިއްކާލާފަ އެވެ.