އެޗްޑީސީ

ހިޔާ ކޯޓްޔާޑްގައި އިންދާފައި ހުރި ގަސްތައް ނަގަން އަންގައިފި

Jun 8, 2022
1

ހިޔާ ފްލެޓްތައް ހުންނަ ސަރަހައްދުގެ ކޯޓްޔާޑްގައި އާންމުން އިންދާފައި ހުރި ގަސްތައް ނަގާ އެތަން ހުސްކުރަން އަންގައިފި އެވެ.

އެޗްޑީސީން ގަސްތައް ނަގަން އެންގީ ކޯޓްޔާޑް ތަރައްގީކުރުމުގެ މަސައްކަތް އެކުންފުނިން ފެށުމަށެވެ.

އާންމު ފަރާތްތަކުން އިންދާފައި ހުރި ގަސްތައް ނަގަން އަންގާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ކުރިންނެވެ.

"ދެންނެވުނު ތާރީހުގެ ފަހުން ނުނަގާ ހުރި ގަސްތައް މި ކޯޕަރޭޝަންގެ ފަރާތުން ނަގައި ސާފުކުރެވޭނެ ވާހަކަ ދަންނަވަމެވެ،" އެޗްޑީސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

ހިޔާ ސަރަހައްދުގައި ހުރި ކޯޓުޔާޑަކީ ކުދިކުދި ޕާކުތަކެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ސަރަހައްދު ތަކެކެވެ.

އެ ތަންތަން ތަރައްގީކުރަމުންދަނީ އާންމު ރައްޔިތުން އެތަން ތަނަށް ޒިޔާރަތްކޮށް ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރެވޭ ތަންތަނުގެ ގޮތުގަ އެވެ.