ލޭޑީސްއެމްވީ އިން ތުރުކީގެ މަޝްހޫރު ސެންޓު ބްރޭންޑެއް ކަމަށްވާ "ލެލަސް ޕާފިއުމް" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.
ޒުވާން އަންހެނެއްގެ ވިސްނުމުން ކުރިއަރަމުން އަންނަ ލޭޑީސްއެމްވީ އިން ރާއްޖެއަށް މި ބްރޭންޑް ލޯންޗްކުރުމުގެ ގޮތުން ރޭ ވަނީ ހާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
މި ބްރޭންޑް ލޯންޗުކޮށްދީފައިވަނީ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް ޝިދާތާ ޝަރީފް އެވެ.
އެމްއެންޕީ އަކީ ޒުވާނުންނަށް ހިތްވަރުދީ، އަންހެނުން ބާރުވެރިކުރުވަން މަސައްކަތް ކުރުމުގެ ގޮތުން މިފަދަ ކަންކަމަށް ހިތްވަރުދޭ ޕާޓީ އެކެވެ.
ލޭޑީސްއެމްވީ އަކީ 2013 ވަނަ އަހަރުން ފެށިގެން ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުން އަންނަ ބައެކެވެ. އެ ފިހާރަ އެންމެ ފުރަތަމަ މަގުބޫލުކަން ހޯދާފައިވަނީ ގިނަ ބަޔަކަށް ކަމުދާ ކޮލާޖަން ބްރޭންޑް ރާއްޖެއަށް ތައާރަފްކޮށް ވިއްކަން ފެށުމުންނެވެ.

މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ އެކި ކަހަލަ ތަފާތު ސާމާނު މި ފިހާރައިން ލިބެ އެވެ. މިފިހާރައިގެ އެންމެ ބޮޑު އަމާޒަކީ އާ ބްރޭންޑްތައް ރާއްޖެއަށް ތައާރަފްކޮށް ވިއްކުމެވެ. ލޭޑީސްއެމްވީގެ ދެ އައުޓްލެޓް މިހާރު ހުރެ އެވެ.
މީގެ ތެރެއިން ލެލަސް ބްރޭންޑް ލިބެން ހުންނާނީ ލޭޑީސްއެމްވީގެ މަޖީދީމަގު އައުޓްލެޓުން ކަމަށް ތަނުގެ ވެރިފަރާތް، ޝިމްނާ ވަނީ ވިދާޅުވެފަ އެވެ. މި ސެންޓްގެ އަގަކީ 1000 ރުފިޔާ އާއި 1800 ރުފިޔާ އެވެ.

ސެންޓުގެ ދާއިރާގައި މަޝްހޫރުކަން ހޯދާފައިވާ ލެލަސް ކުންފުނި އުފައްދާފައިވަނީ 2014 ވަނަ އަހަރު އެވެ. ހަމައެކަނިު ތުރުކީގައި އެކަނި މި ކުންފުނިން 48 ޕޮއިންޓް އޮފް ސޭލްސް ހުރެ އެވެ. މުޅި ދުނިޔޭގައި މި ބްރޭންޑްގެ ސޭލްސް ޕޮއިންޓަކީ 117 އެވެ. މި ބްރޭންޑްގެ ސެންޓަކީ 100 ޕަސެންޓް އޮރިޖިނަލް ތުރުކީގެ ބްރޭންޑެކެވެ.