ދިރާގު

ރާއްޖޭގައި ބާއްވާ ދުނިޔޭގެ ޓޫރިޒަމް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Jun 13, 2022

ރާއްޖޭގައި ބާއްވާ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކަކާއެކު ކްރޮސްރޯޑް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބާއްވާ މި ސަމިޓު އޮންނާނީ މިމަހުގެ 13 އިން 16 ގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން މި ސަމިޓު ބާއްވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބިލް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ދިރާގުން މި ސަމިޓުގެ ޕާޓްނަރެއްގެ ގޮތުގައި ސޮއި ކުރުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޔޫއެންޑަބްލިއުޓީއޯގެ ގްލޯބަލް ސަމިޓަށް ޑިޖިޓަލް ޕާޓްނަރުގެ ހައިސިއްޔަތުން ދިރާގު ބައިވެރިވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށާ އެ ކުންފުންޏަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒު ވިދާޅުވީ ގްލޯބަލް ސަމިޓުގައި ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވުމަކީ ލިބިގެންދިޔަ އުފަލެއް ކަމަށެވެ. މި ސަމިޓުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާވުމަކީ ލިބިގެންދާނެ އުފަލެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.