އެމަނުއެލް މެކްރޯން

ޔޫރަޕުން ޔުކްރޭން އަލުން ބިނާކޮށްދޭނެ: މެކްރޮން

ޔުކްރޭން އަލުން ބިނާކުރަން ޔޫރަޕް ގައުމުތަކުން މާލީ އަދި ފަންނީ އެހީތެރިކޮށް ފޯރުކޮށްދޭ ފަށައިފި ކަމަށް ފްރާންސްގެ ރައީ އިމަނުއެލް މެކްރޮން ވިދާޅުވެއްޖެ އެވެ.

މެކްރޮން ވިދާޅުވި ގޮތުގައި އުމްރާނީ ތަރައްގީއާ އެއްވަރަށް ފަންނީ ގާބިލު މީހުން އުފެއްދުމަށް ވެސް ޔޫރަޕުން އެހީތެރިވާނެ އެވެ.

ރަޝިއާގެ ހަމަލާތަކުން ސުންނާފަތި ކޮށްފައި ހުރި އަވަށްތައް ކޮޅަށް ޖަހައި އެތަންތަނުގައި އިންސާނުންނަށް އުޅޭވަރު ޔޫރަޕުން ކުރާނެ ކަމަށް ވެސް ފްރާސްގެ ރައީސް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ހަނގުރާމަ މުޅިން ނިމޭ ދުވަހެއްގެ އިންތިޒާރުގައި ތިބުން ވާނީ މޮޔަ ކަމަކަށް ކަމަށެވެ.

"އޭރުން އޮންނާނީ މާލަސްވެފަ،" ރަޝިއާގެ ޓާސް ނޫހުން ކުރި ސުވާލަކަށް މެކްރޮން ޖަވާބު ދެއްވަމުން ވިދާޅުވި އެވެ.

"ޔުކްރޭން މިނިވަން ވާއިރު އާންމުންނަށް އުޅެވެން ޖެހޭ،" މެކްރޮން ވިދާޅުވި އެވެ. "އެ ނޫން ގޮތެއްގައި، އަވަށްތަކުގައި އާންމުން ދިއިރުޅެން ފެށުމުން މަސައްކަތްތައް އޮންނާނި ނުކުރެވިފަ،" އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ ފްރާންސް އަކީ ޔުކްރޭނާ ވަރަށް ގާތް ގައުމެކެވެ. ދުނިޔެއިން އެހީތެރިކަން ހޯދައި ދެއްވުމުގައި އަދި ރަޝިއާ އާއެކު މަޝްވަރާ ކުރެއްވުމުގައި މެކްރޮން އުޅުއްވާތީ ފެންނަނީ ވަރަށް މުރާލިކޮށެވެ.

ރަޝިއާ - ޔުކްރޭން ސުލްހަވުމުގައި ދެން އޮތީ ކޮންކަމެއްތޯ ދެންނެވުމުން މެކްރޮން ވިދާޅުވީ ޔުކްރޭންގެ ރައީސް ޒެލެންސްކީ ހުންނެވީ ރަޝިއާގެ ރައީސް ޕޫޓިންއާ މަޝްވަރާ ކުރައްވާ ހިތުން ކަމަށެވެ.

މެކްރޮން ވިދާޅުވި ގޮތުގައި ވެރިންގެ ފެންވަރުގައި މަޝްވަރާ ކުރެވިގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ސުލްހައެއް ނެތެވެ.

ޔުކްރޭނަށް އެހީވުމުގެ ގޮތުން މެކްރޮން މިހާރު ވެސް އުޅުއްވަނީ ޔޫރަޕްގެ ލީޑަރުންނާ އެކު ޔުކްރޭނަށް ވަޑައިގެންނެވެ. ހަނގުރާމާގައި ގެއްލުން ލިބިފައި ހުރި އަވަށްތަކަށް ޒެލެންސްކީ އާއެކު ވަޑައިގެން މަޝްވަރާ ކުރެއްވުށް ވެސް ވަރަށް ގިނަ ވަގުތު މެކްރޮން ހޭދަކުރައްވަ އެވެ.