ދުނިޔެ

ބަހްރެއިނުންވެސް އީރާނާ ގުޅުންތައް ކަނޑާލައިފި

ސައުދި އަރަބިއްޔާއިން އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލާފައިވަނިކޮށް ބަހުރެއިނުންވެސް އިރާނާއެކު އޮތް ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި އެވެ.

ސައުދީން ވަނީ އެގައުމުގައި ތިބި އިރާނުންނަށް 48 ގަޑިއިރުގެ ތެރޭގައި އެގައުމުން ފޭބުމަށް އަންގާފަ އެވެ. ސައުދީން އެނިންމުން ނިންމީ އިރާނުގެ ޝީޢީ ލީޑަރު ނިމްރް އަލް ނިމްރް އަށް މަރުގެ އަދަބި ތަންފީޒު ކުރުމާއެކު އިރާނުގެ ތެެހެރާނުގައި ހުންނަ ސައުދީ އެމްބަސީގައި އަލިފާން ރޯކޮށްލުމާ ގުޅިގެންނެވެ.

ބަހްރެއިން އަކީ ސުންނީ ވެރިކަމެއް އޮންނަ ގައުމެއް ނަމަވެސް އެގައުމަކީ ޝީޢީންގެ އަގުލަބިއްޔަތު ބޮޑު ގައުމެކެވެ. އެގައުމުންވެސް ވަނީ އިރާނުގެ ޑިޕްލޮމެޓުންނަށް އެގައުމުން ފޭބުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފަ އެވެ.

ނިމްރްގެ އިތުރުން މިދިޔަ ހޮނިހިރު ދުވަހު ސައުދީގައި 46 މީހަކަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވެއެވެ. އެމީހުން މަރާލާފައިވަނީ ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.

ނިމްރު މަރާލުމާއި ގުޅިގެން އިރާޤާއި، ލުބުނާން އަދި ބަހުރައިންގައި ވެސް މުޒާހަރާކޮށްފައިވެއެވެ. މިގައުމުތަކަކީ ޝީއީންގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ ގައުމުތަކެކެވެ. މީގެ އިތުރުން ޔަމަނާއި ޕާކިސްތާން ގައި ވެސް ޝީއީން މުޒާހަރާކޮށްފައިވެއެވެ.