ރައްޔިތުންގެ މަޖިލިސް

މެންބަރު އާމިރުގެ ބައްޕަ އަވަހާރަވެއްޖެ

Jun 18, 2022

ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރުގެ ބައްޕަ -- އަލީ އިސްމާއީލް އިއްޔެގެ ވަގުތެއްގައި އަވަހާރަވެއްޖެ އެވެ.

އަލީ އިސްމާއީލް އަވަހަރާވީ އުފަން ރަށް ކަމުގައިވާ -- ދ. މާއެނބޫދޫގައި ހުންނަވަނިކޮށް ކުއްލިއަކަށް ދިމާވި ސިއްހީ މައްސަލައަކާ ގުޅިގެން މާއެނބޫދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އާމިރު ވިދާޅުވީ އޭނާގެ ބައްޕަ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އަވަހާރަވެފައިވާ ކަމަށް ހޮސްޕިޓަލްގެ ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

އާމިރު ވިދާޅުވީ އުމުރުން ދުވަސްވީ ނަމަވެސް ބައްޕަ އަކީ ސިއްހީ ބޮޑެތި މައްސަލަތަކެއް ހުރި މީހެއް ނޫން ކަމަށާއި ނަމަވެސް ތަންކޮޅެއް ކުރިން ހިތުގެ ބައިޕާސް ސާޖަރީއެއް ހަދާފައިވާ ކަމަށެވެ.

"އިއްޔެވެސް ހިނގާފައި އުޅުއްވި. ހަމަކުއްލިއަކަށް ދިމާވި ކަމެއް ދިމާވީ. ދެން އުމުރުން ދޮށިވީމާ ހޭނައްތައް ހުރި އުދަނގުލެއްގެ ސަބަބުން ބައްޕަގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ބޭނުންވި ނަމަވެސް އެކަން ނުކުރެވި އޮތީ،" އާމިރު ވިދާޅުވި އެވެ.

އަލީ އިސްމާއީލް އިއްޔެ އަވަހާރަވިއިރު އޭނާގެ އަށް ކުދިން ދުނިޔޭގައި ތިއްބެވެ. ޖަނާޒާ އޮތީ ރޭ މެންދަމު 12:30 ގައި ކުޑަހުވަދޫގަ އެވެ.