ދުނިޔެ

ނިއުކްލިއާއަށް ވުރެ އަވައްޓެރިން މުހިންމު: އީރާންް

އީރާނަށް ނިއުކްލިއާއަށް ވުރެ މުހިންމީ އަވައްޓެރިން ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުއްލާހިޔާން ވިދާޅުވެއްޖެ އެވެ.

މަދަނީ ބޭނުންތަކަށް ނިއުކްލިއާ ގެންގުޅުމަކުން އީރާން ދެކެ އަވައްޓެރިން ބިރުގަންނަން ނުޖެހޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު މިހެން ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކަނޑައާފައި ހުންނަވާ ސަފީރު އީރާނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

ޔޫއޭއީގެ ސަފީރު ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީއަށް އީރާނުން އެއްބާރުންދޭން އެދިވަޑައިގަންނަވާ ކަމަށާއި އެ ނޫން ގޮތެއްގައި އަވައްޓެރިންނަށާއި ދުނިޔެވީ މުޖުތަމައަށް ބިރުވެރިކަން ކަނޑައިގެން ނުދާނެ ކަމަށެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓަރު އަބްދުﷲ ބިން ޒައިދު އައްނަހްޔާންއަށް ގުޅުއްވައި ޚާރިޖީ ސިޔާސަތަކީ އީރާނަށް ވަރަށް މުހިމު ކަމެއް ގޮތުގައި ހުސައިން އަމީރު އަބްދުއްލާހިޔާން ފާހަގަ ކުރެއްވި އެވެ. އަދި އަވައްޓެރިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އަޑު އައްސަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ހުސައިން އަމީރު ވިދާޅުވި ޔޫއޭއީ އާއެކު އޮތް ގުޅުން ހީނަރުވެގެން ނުދާނެ ކަމަށާއި ގުޅުން ދެމެހެއްޓުމަށް އީރާން ވައުދުވާ ކަމަށެވެ.