ލައިފްސްޓައިލް

32 އަހަރުގެ ކަނިކާ އަތުގައި 10 ޕްރައިވެޓް ޖެޓް އެބައޮތް

އުމުރުން 22 އަހަރުގައި ކަނިކާ ޓެކްރީވާލް ފެށި އެވިއޭޝަން މަސައްކަތްތައް ކާމިޔާބުވެ އޭގެ ފަހުން 10 އަހަރު ފާއިތުވެއްޖެ އެވެ.

މިހާރު އުމުރުން 32 އަހަރުގެ ކަނިކާގެ އަމިއްލަ މިލްކިއްޔާތުގެ ގޮތުގައި 10 ޕްރައިވެޓް ޖެޓް އެބައޮތެވެ.

ކަނިކާގެ ވާހަކައަކީ ހުވަފެނެއް ފަދަ ވާހަކައަކަށްވީ ނަމަވެސް މި ވާހަކައިގައި އޭނާގެ ހިތްވަރާއި ބުރަ މަސައްކަތް އަދި ނުގުޑާފަދަ އަޒުމު މުހިއްމު ރޯލެއް ކުޅެފައިވެ އެވެ.

ކަނިކާ އަކީ ޖެޓްސެޓްގޯގެ ބާނީ އެވެ. މިއީ ޗާޓާ ޕްލޭނާއި ހެލިކޮޕްޓަރު އޮޕަރޭޓްކޮށް މެނޭޖްކުރާ ކުންފުންޏެކެވެ.

އިންޑިއާގެ އުޑުމަތީ އުދުހޭ އުބާ ކާރުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ ކަނިކާގެ ޕްރައިވެޓް ޖެޓްތަކުގެ ވިޔަފާރި އޭނާ ފެށީ ސިކުނޑީގައި ތިން އަހަރުއްސުރެ އެނބުރެމުން ދިޔަ ޚިޔާލުތަކެއް ހަގީގަތަކަށް ހެދުމުގެ ގޮތުންނެވެ.

ޖެޓްސެޓްގޯ ފަށައިގަތްތަނާ ކަނިކާ އަށް ކެންސަރު ޖެހުނެވެ. އެހެންވެ އަހަރެއްހާ ދުވަހު އޭނާ އެ ބައްޔަށް ފަރުވާ ކުރުމުގައި ވަގުތު ހޭދަކުރި އެވެ. ނަސީބަކުން އޭނާ ފަރުވާ ހޯދާ ބަލިން މުޅިން ފަސޭހަވީއިރުވެސް އޭނާ ކުރަންއުޅޭ ކަހަލަ ކަމެއް ކުރަން އުޅޭ އެއްވެސް މީހަކު އިންޑިޔާ އަކު ނެތެވެ. އޭނާގެ ވިޔަފާރި އެހާ ރަނގަޅު ކުރެވުނީ އެހެންވެގެންނެވެ.