އެމްޑީޕީ

އައިވައިޑީޔޫގެ ވައިސް ޗެއާމަންގެ އެމްޑީޕީގެ އަޒްމީލް

Jan 4, 2016
1

އެމްޑީޕީގެ "ޒުވާނުންގެ ހިއްވަރު" ގެ ރައީސް މުހައްމަދު އަޒުމީލް އިންޓަނޭޝަނަލް ޔަންގް ޑިމޮކްރެޓް ޔޫނިއަން (އައިވައިޑީޔޫ) ވައިސް ޗެއާމަންގެ މަގާމަށް ހޮވިވަޑައިގެންފި އެވެ.

އެމްޑީޕީން ބުނީ އަޒުމީލް އައިވައިޑީޔޫގެ ވައިސް ޗެއާމަންއަށް ހޮވިވަޑައިގެންނެވިކަން އައިވައިޑީޔޫގެ ޗެއާމަން ޖޭސަން ފްރެޑްރިކް އެމޯޓް އަޒްމީލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށާއި އެ ސިޓީގައި އަޒްމީލާއި އެމްޑީޕީއަށް މަރުހަބާ ކިޔާފައިވާ ކަމަށެވެ.

އައިވައިޑީޔޫގެ ވައިސް ޗެއާމަންގެ ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމަށް އިތުރު މަސައްކަތްކުރައްވައި ބޭރު ދުނިޔޭގައި ރާއްޖެއާއި އެމްޑީޕީގެ އިތުރުން އައިވައިޑީޔޫ ތަމްސީލް ކުރެއްވުމަށް ވެސް ސިޓީގައި އަޒްމީލްގެ ކިބައިން އެދިވަޑައިގެންފައި ވެއެވެ.

އައިވައިޑީޔޫއަކީ ދުނިޔޭގެ ކަނާތު ފިޔައިގެ ސިޔާސީ ޕާޓީތަކުގެ ޒުވާން ސިޔާސީ ލީޑަރުންގެ ކޯލިޝަނެވެ. މި ކޯލިޝަން އުފެދުނީ 1981 ވަނަ އަހަރު އެވެ. ކޯލިޝަނުގައި 81 ގައުމު ތަމްސީލުކުރެއެވެ.