ހަބަރު

ދޯންޏެއް އަަޑިއަށް ދަނީ، ތިބީ ތިން މީހުން

މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށް ދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ދެންމެ ބުނީ ‏ތިން ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ "ރުއްކުރި" ނަމަކަށް ކިޔާ 96 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކ.ގާފަރުގެ ހުޅަނގުދެކުނުން 14 މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ހަރަކާތް ތެރިވަމުންދާ ކަމަށެވެ.

ހުޅުމާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރުކުރަމުން ދިޔަ "ރުއްކުރި" ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ސިފައިންގެ އެމްއާރުސީސީއަށް ލިބުނީ މިރޭ 8:46 ގައި ކަމަަށްވެސް ބުންޏެވެ.