ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ރުވާންޑާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި

Jun 22, 2022

ދިވެހިރާއްޖެ އާއި ރުވާންޑާއާ ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރުވާންޑާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލް އެވެ. ރުވާންޑާ ސަރުކާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިންސެންޓް ބިރޫޓާ އެވެ.

ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމަކާއި، ކަނޑުދަތުރުފަތުރާ ގުޅޭ އެއްބަސްވުމަކާއި، ވިޔަފާރިއާއި ޓޫރިޒަމް ދާއިރާގެ އެއްބަސްވުމަކާއި، މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ގުޅޭ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ޖެނެރަލް ކޯޕަރޭޝަނާ ގުޅޭ އެއްބަސްވުމެއްގަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ރުވާންޑާއާ އެކު ސޮއި ކުރި އެއްބަސްވުންތަކާ ގުޅިގެން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ރާއްޖެއަށް ލިބޭނެ ފައިދާތަކެއް ހުންނާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ރުވާންޑާއާ އެކު ސިޔާސީ ގުޅުން ގާއިމުކުރީ ސެޕްޓެމްބަރު 6، 2019 ގައެވެ.