ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ޕީއެންސީގެ އެސްޖީއަކަށް ހިސްޓޯ

Jun 23, 2022
1

އިދިކޮޅު ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ކުރީގެ މަޖިލިސް މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އައްޔަންކޮށްފި އެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޝިފާގު އައްޔަންކުރެއްވީ ޕީއެންސީގެ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.

ޕީއެންސީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޝިފާގު އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އިސްތިއުފާ ދެއްވި ވަކި ސަބަބެއް ޕީއެންސީން ބުނެފައެއް ނުވެ އެވެ.

ޝިފާގު ސިޔާސީ މަސައްކަތް ފެއްޓެވީ އެމްޑީޕީންނެވެ. އެޕާޓީގެ ޓިކެޓްގައި ފުވަމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން އޭނާ ކުރައްވާފައިވެ އެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ ޝިފާގު މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީގެ މެންބަރުކަން ވެސް ކުރައްވާފަ އެވެ.

ޕީއެންސީ އަކީ އިދިކޮޅު ޕީޕީއެމްއާ އެކު މިވަގުތު އިދިކޮޅު ކޯލިޝަންގައި އޮތް ހަމައެކަނި ޕާޓީ އެވެ.