އެމްއެންޑީއެފް

ހޯދަމުން ދިޔަ ފަތުރުވެރިޔާ މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

Jun 25, 2022

ގެއްލިގެން ހޯދަމުން ދިޔަ ފަތުރުވެރިއެއްގެ ހަށިގަނޑު މޫދުގައި އޮއްވާ ފެނިއްޖެ އެވެ.

ފަތުރުވެރިޔާ ގެއްލިގެން ހޯދަމުން ދިޔައީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަވިލާއަކުން ގެއްލިގެން ރިިޕޯޓް ކުރުމުންނެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރު އެވެ.

ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ޑައިވަރުން މިއަދު ހެނދުނު 08:02 ހާއިރު ވަނީ ކްރޮސްރޯޑަށް ގޮސް، ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:36 ހާއިރު ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި ފެންމަތީގައި އޮއްވާ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު މިހާރު ކްރޮސްރޯޑާ ހަވާލުކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފަ އެވެ.