ވިޔަފާރި

ކްލެސިކް ބޮޑު އީދު ސޭލުގައި ދުބާއީ ދަތުރެއް

Jun 26, 2022

ޖީ2000 އާއި ޖިއަޑާނޯގެ އޮތޮރައިޒް ޑިސްރިބިއުޓަރަކީ ކްލެސިކް ފިހާރަ އެވެ. މި ދެ ބްރޭންޑުގެ އޮރިޖިނަލް ރާއްޖެ ގެނެސް އަތްފޯރާ ފަށަށް ވިއްކަނީ މި ފިހާރައިންނެވެ. މި ފިހާރަ އިން މިވަނީ ކުރިއަށް އޮތް ބޮޑު އީދާ ދިމާކޮށް ބޮޑު ސޭލްއެއް ފަށާފަ އެވެ. މި ސޭލުގެ ބޮޑު އިނާމަކީ ދުބާއީ ދެކޮޅު ޓިކެޓެވެ.

އަންނަ މަހުގެ ނުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ "ބޮޑު އަިދު ސޭލް" ގައި 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ސޭލުގައި 1،000ރ. އިން މަތީގެ ވިޔަފާރިއެއް ކުރުމުން ލަކީޑްރޯ އަދި ސަޕްރައިޒް އިނާމުގައި ބައިވެރިވޭނެ އެވެ. މިގޮތުން ގުރުއަތުން ހޮވޭ އެއް ފަރާތަކަށް އިތުރު މީހެއް ގޮވައިގެން ދުބާއީ އަށް ދިއުމަށް ދެ ޓިކެޓު ލިބޭނެ އެވެ.

މީގެ އިތުރުން ސަޕްރައިޒް އިނާމެއް ލިބުމުގެ ފުރުސަތު ވެސް ހިމެނެ އެވެ. އެހެންވެ މި ސޭލުން ވިޔަފާރި ކުރުމުން ދުބާއީ އަށް ގޮސްލަން ވެސް ފުރުސަތެއް ލިބުން ގާތެވެ. އަދި މިއީ ރަހުމަތްތެރިއަކަށް ނޫނީ އާއިލާގެ މީހަކަށް ހަދިޔާއަކަށް ދޭން ވެސް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ.

ކްލެސިކް ފިހާރަ އިން ވަނީ ގިފްޓް ވައުޗަރެއްގެ އިތުރުން ގިފްޓް ޕެކިން ސާވިސަސް ވެސް ފަށާފަ އެވެ. މި ފިހާރައިން ވިއްކާ ޖިއަޑާނޯ ބްރޭންޑުގެ އަންނައުނުގެ ތެރޭގައި އަންހެނުން އަދި ފިރިހެނުންގެ އަންނައުނު ވެސް ހިމެނެ އެވެ.

މީގެތެރޭގައި ޕޭންޓްސް އާއި ފިރިހެނުންގެ ޓީޝާޓް ޕޯލޯ ޖީންސް އަދި ގަމީހުގެ އިތުރުން ސޯޓު ބެލްޓް އަދި އިސްޓާކީނު ވެސް ހިމެނެ އެވެ. އޮފީސް ވެއާއަށް ހާއްސަ "ޖީ2000"ގެ ގިނަ ރޭންޖު ތަކެއް ވެސް ކްލެސިކް ފިހާރަ އިން ވިއްކަ އެވެ.

މީގެތެރޭގައި ފޯމަލް އަދި ކެޝުއަލް ވެއާވެސް ހިމެނެ އެވެ. މި ރޭންޖުގައި ވަަރަށް ގިނަ ބާވަތްތައް ހިމެނެ އެވެ. މީގެތެރޭގައި ޝޫޓް އާއި ބެލްޓް، ޓައީ ވެސް ހިމެނެ އެވެ.

ކްލެސިކް ފިހާރަ ހުޅުވާފައިވަނީ މި އަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހު އެވެ. ފިހާރަ ހުޅުވާފައިވަނީ އަމީރުއަހުމަދު މަގު ކުރީގެ އިސްލާމިކް ބޭންކް ހުރި ބިލްޑިންގް ކުރިމައްޗަށްވާ ގޮތަށް ހުންނަ މިލޭނިއާ ޓަވަރުގަ އެވެ.