ވިލާ ކޮލެޖް

ވިލާ ކޮލެޖުން ކޯސްތަކަށް ފުރުސަތު ހުޅުވާލައިިފި

Jul 1, 2022

ވިލާ ކޮލެޖުން ސެޕްޓެމްބަރު މަހު އިންޓޭކްގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމް ދެމުން ގެންދާ އެއް ސްކޫލް ކަމަށްވާ ވިލާ ކޮލެޖުން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ޖުމްލަ 127 ކޯހެއް ހިމެނެ އެވެ.

މި ކޯސްތަކުގައި މާސްޓަ ފެންވަރުގެ މާސްޓަ ލެވަލްގެ 16 ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިސްޕްލޮމާ އަދި މާސްޓާ \ ސެޓްފިކެޓް ލެވަލްގެ ނުވަ ކޯހެއްގެ އިތުރުން ޑިގްރީ 36 ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހެއް ހިމެނެ އެވެ. މީގެ އިތުރުން ހިމެނޭ ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ތިނެއް ފެންވަރުގެ 16 ކޯހަކާއި ސެޓްފިކެޓް ލެވެލް އެއްކެއް އަދި ދޭއްގެ ކޯސްތައް ހިމެނެ އެވެ.

ވިލާ އިން އިއުލާނުކުުރި ކޯސްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ޗާޑަޑް އިންސްޓިޓިއުޓް އޮފް މެނޭޖުމަންޓް އެކައުންޓިން (ސީމާ) ގެ ކޯސްތައްވެސް ހިމެނެ އެވެ.

މި ކޯސްތަކުގެ ތެރޭގައި އޮންލައިންކޮށް ކިޔައިވައިދޭނެ ކޯސް ތަކެއް ވެސް ހިމެނެ އެވެ. އަދި ރާއްޖޭގެ މަސައްކަތުގެ އާބާދީއެއް އުފެއްދުމަށްޓަކައި ހިންގާ ކޯސްތަކެއްވެސް ހިމެނެ އެވެ. މި ކޯސްތަކުގެ ތެރޭގައި ވޯޓާ ސްޕޯޓްސް އާއި ޓިކެޓިން އެންޑް ރިޒަވޭޝަން އަދި ފިޝް ޕްރޮސެސިންގެ އިތުރުން ކޮމްޕިއުޓާ ހާޑްވެއާ ނެޓްވޯކިންގެ ކޯސްތައްވެސް ހިމެނެ އެވެ. މި ކޯސްތަކުގައި ބައިވެރިވާ ކުދިންނަށް 2،000ރ. ގެ މަހު އެލަވަންސެއްވެސް ދޭނެ އެވެ.