ހުޅުމާލެ

ހަބަރު ހުސްވެގެން ވެއްޓިފައި އޮތް މީހެއް

Jul 1, 2022

ހަބަރު ހުސްވެގެން ވެއްޓިފައި އޮތް މީހަކަަށް ހޮސްޕިޓަލް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ހުޅުމާލޭގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ބިދޭސީން އުޅޭ ސައިޓެއްގައި މީހަކު ހަބަރު ހުސްވެގެން ވެއްޓިފައި ވާ ކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ. އެ ރިޕޯޓް ލިބުނީ އިރުއޮއްސި 6:20 ގައެވެ.

އެ މީހާއަަށް ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. އިތުރު ތަފްސީލެއް ނުދީ ފުލުހުން ބުނީ އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.