އެމްއެންޑީއެފް

އީދަށް ހަވާ އަރުވައިދޭން 18 ރަށަކުން އެދިއްޖެ

ކުރިއަށް އޮތް އަލްހާ އީދު -- ބޮޑު އީދު -- ގައި ހަވާ އަރުވައިދޭން 18 ރަށަކުން އެދިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

ހަވާ އެެރުވުމުގެ ހުއްދަ އޮންނަނީ ސިފައިންގެއަށް އެކަންޏެވެ. އަމިއްލަ ފަރާތަކުން އެކަން ކުރަން ބޭނުންނަމަ ސިފައިންގެ ވިޔަފާރި ކުންފުނި ސިފްކޯއާ ގުޅުމުން ހަމަޖެހިފައިވާ އަގެއްގައި އެކަން ކޮށްދެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ މި އަހަރުގެ އަލްހާ އީދުގައި އެމްއެންޑީއެފްގެ އިސް ނެގުމަށް އެއްވެސް ރަށެއްގައި ހަވާއެރުމުގެ އިންތިޒާމު ހަމަޖެހިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް ވިޔަފާރި އުސޫލުން ހަވާ އެރުވުމަށް 18 ރަށަކުން އެމްއެންޑީއެފް ސިފްކޯގައި އެދިފައިވާ ކަމަށެވެ.

އެ ރަށްތަކަކީ ހއ.ބާރަށާއި ހއ.ދިއްދޫ އާއި ހއ.ވަށަފަރާއި ނ.ވެލިދޫ އާއި ނ.ހޮޅުދޫ އާއި ނ.ފޮއްދޫ އާއި ރ.މާކުރަތާއި ބ.ފުޅަދޫ އާއި ބ.ދަރަވަންދޫ އާއި ބ.އޭދަފުއްޓާއި ކ.ދިއްފުއްޓާއި ކ.ގުރައިދޫ އާއި ކ.ހިއްމަފުއްޓާއި ކ.ގާފަރާއި އއ.ތޮއްޑޫ އާއި އއ.އުކުޅަހާއި ގދ.ފިޔޯރީ އަދި ސ.ހިތަދޫ އެވެ