އެމްއެންޑީއެފް

ބަންދަކުރި ސަރަހައްދުގައި ނުރައްކަލެއް ނެތުމުން ހުޅުވާލައިފި

Jul 5, 2022

މާލޭގެ ދެ ސަރަހައްދެއްގައި ހާއްސަ އޮޕަރޭޝަނެއް ހިންގީ "ގޮތް ނޭނގޭ އެއްޗެއް މާލޭގެ ދެ ސަރަހައްދެއްގައި އޮތް ކަމަށް" ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ސިފައިންގެއިން ބުނެފި އެވެ.

ނަމަވެސް "ގޮތް ނޭނގޭ" އެއްޗަކީ ކޮން އެއްޗެއް ކަން ސިފައިންގެއިން ބުނެފައެއް ނުވެ އެވެ.

ސަލާމަތީ ބާރުތަކުގެ އޮޕަރޭޝަންގެ ބޭނުމަށް ބަންދުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދިރިއުުޅުއްވާ ރަސްމީ ގެކޮޅު މ. މުރައިދޫގެއާއި ނައިބް ރައީސް ފައިސަލް ނަސީމު ދިރިއުޅުއްވާ ހިލާލިގެ ކައިރިއާއި ޗައިނާ އެމްބަސީ ހުންނަ ސަރަހައްދެވެ.

ނަމަވެސް އެ ސަރަހައްދުތައް ބެލިބެލުމުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް ޔަގީންވުމުން ސިފައިންގެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާ ކަމަށްވެސް ސިފައިންގެ މައުލޫމާތުދެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވީ މާލެ ސިޓީ ކައުންސިލް އިދާރާގެ ޕޯޓަލްއަށް މީހަކު ފޮނުވި އިންޒާރުގެ މެސެޖުތަކެއް ސިޓީ ކައުންސިލުން ސަލާމަތީ ބާރުތަކާ ހިއްސާކުރުމާ ގުޅިގެންނެވެ.

ބަންދުކުރި ސަރަހައްދުތައް ފުލުހުން މިހާރު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.