މޯލްޑިވިއަން

ތައިލެންޑާއި މެލޭޝިއާއަށް މޯލްޑިވިއަންގެ ހާއްސަ ފެއާއެއް

Jul 7, 2022

ގައުމީ އެއާލައިން -- މޯލްޑިވިއަން އިން އީދު ބަންދާ ދިމާކޮށް މެލޭޝިޔާ އާއި ތައިލެންޑަށް ކުރަން ނިންމާފައިވާ ދަތުރުތަކަށް ހާއްސަ ފެއާތަކެއް ތައާރަފުކޮށްފި އެވެ.

މާދަމާ ފަށާ ދަތުރުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މެލޭ ޝިއާގެ ކުއާލާލަމްޕޫރާއި ތައިލެންޑުގެ ބެންކޮކަށެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 17 އަށް ހަމަޖައްސާފައިވާ ފެއާގައި މާދަމާ މެލޭޝިއާ އިން ހުޅުލެއަށް ދަތުރުކުރާ ފްލައިޓުގެ އެއްކޮޅު ޓިކެޓް ވިއްކަނީ 176 ޑޮލަރު ނުވަތަ 2،713 ރުފިޔާ އަށެވެ.

އޭގެފަހުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ ހަތަރު ފްލައިޓްގައިވެސް އެއްކޮޅު ޓިކެޓް ވިއްކަނީ 125 ޑޮލަރު ނުވަތަ 1،927 ރުފިޔާ އަށެވެ.

ފެއާގެ ދަތުރުތައް ތާވަލްކޮށްފައިވާ ގޮތް

  • ކުއާލާލަމްޕޫރުން މާލެއަށް - 8 ޖުލައި
  • ބެންކޮކުން މާލެއަށް - 10 ޖުލައި
  • ކުއާލާލަމްޕޫރުން މާލެއަށް - 15 ޖުލައި
  • މާލެއިން ބެންކޮކަށް - 17 ޖުލައި
  • މާލެއިން ކުއާލާލަމްޕޫރަށް - 29 ޖުލައި

ފެއާގެ މުއްދަތުގައި ކުރާ ހާއްސަ ދަތުރުތަކުގައި ޕެސެންޖަރުންނަށް 40 ކިލޯގެ ބެގޭޖް އެލަވަންސެއް ލިބެ އެވެ.

މޯލްޑިވިއަން އިން ވަނީ ކުޑައީދު ބަންދުގައިވެސް މެލޭޝިއާ އަށް ހާއްސަ ދަތުރެއް ކޮށްފަ އެވެ.