ބޭރު ކުޅިވަރު

މެންޗެސްޓާ ސިޓީ ބަލިކޮށް، އެވަޓަން ފައިނަލާ ގާތަށް

މެންޗެސްޓާ ސިޓީ 2-1އިން ބަލިކޮށް އިނގިރޭސި ލީގު ކަޕުގެ ފައިނަލާ ގާތަށް އެވަޓަން ޖެހިލައިފި އެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އެވަޓަންގެ ރާމިއޯ މޯރީ އެވެ. މެޗުގެ 45 ވަނަ މިނިޓްގައި އޭނާ ލަނޑު ޖަހާފައިވަނިކޮށް އެވަޓަންއަށް އެއްވަރުކޮށްދިނީ 76 ވަނަ މިނިޓްގައި ޖީސަސް ނަވާސް އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ރޮމެލޫ ލުކާކޫ ޖެހި ލަނޑުން އަނެއްކާ ވެސް އެވަޓަން ކުރި ހޯދި އެވެ. މިއީ މި ސީޒަނުގައި ލުކާކޫ ޖެހި 19 ވަނަ ލަނޑެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރީނީ ބުނީ އެވަޓަންގެ ފުރަތަމަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި ސިޓީ އަށް މެޗުގައި ރަނގަޅަށް ކުޅެވެން ފެށީ ކުޑަވަގުތުކޮޅަކު ކަމަށެވެ.

މި ނަތީޖާއާއެކު މި ދެ ޓީމު ސެމީގެ ދެ ވަނަ ލެގުގައި ބައްދަލުކުރާނީ ސިޓީގެ ދަނޑުގަ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ އަށް ވާދަކުރަނީ ސްޓޯކް ސިޓީ އާއި ލިވަޕޫލެވެ. މި ދެ ޓީމު އިއްޔެރޭ ކުޅުނު މެޗު 1-0އިން ކާމިޔާބު ކުރީ ލިވަޕޫލް އެވެ.