ކްރިމިނަލް ކޯޓް

އަލަމްގިރީގެ ބަންދަށް ފަސް ދުވަސް

Jul 13, 2022

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލްމްގިރީގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

ފުލުހުން އޭނާ ހައްޔަރުުކުރީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އަލަމްގިރީގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު މުއްދަތު ޖެހީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.

މިހާތަނަަށް އާންމުވި ބައެއް ވީޑިއޯތަކުގައި އަލަމްގިރި ކަމަށް ބުނާ މީހާ ދިވެހީންގެ ދެ މީހަކާ ގުޅުން ހިންގާ މަންޒަރު ފެނެ އެވެ. އެކަކީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ކަމަށް ބެލެވޭ މީހެކެވެ. އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ފުލުހަކާއެކު ގުޅުން ހިންގަނިކޮށް ވެސް ވީޑިއޯ އަކުން ފެނެ އެވެ. އެއީ 30 މިނެޓްގެ ދިގު ވީޑިއޯ އެކެވެ. ކާނަލް މުހައްމަދު ނަޝީދު ކަމަށް ބެލެވޭ މީހަކާ އެކު ވެސް އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށް ބުނެ ވީޑިއޯ ކްލިޕެއް އާންމުކޮށްފައިވެ އެވެ. ނަމަވެސް އެ ވީޑިއޯގައި ކާނަލް ގުޅުން ހިންގާ މަންޒަރެއް ނުފެނެ އެވެ.

މި ވީޑިއޯތައް ކޮށްފައިވަނީ އަލަމްގިރި ދިރިއުޅޭ ކޮޓަރިއަށް މީހުން ގެނައުމުގެ ކުރީން ކެމެރާ ވަކި ގޮތަކަށް ސެޓްކޮށްގެން ކަމަށް ބެލެވެ އެވެ.

އަލަމްގިރި ހައްޔަރުކުރުމުގެ ކުރީން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. ވީޑިއޯތައް އާންމުވެ ދިވެހީންގެ ރުޅިފަޅައިގެން ދިއުމުން އަލަމްގިރި ވަނީ ވީޑިއޯއެއް އާންމުކޮށް ދިވެހީންގެ ކިބައިން މައާފަށް އެދިފަ އެވެ. އޭނާ ބުނީ އޭނާ އަކީ ވަރަަށް ފަގީރު މީހެއް ކަމަށާ ހެޔޮ ނުބައި ނޭނގޭ ކަމަށެވެ. އަދި ބުނީ އޭނާ އެދެނީ ދިވެހީންގެ މައާފު ލިބުމަށް ކަމަށެވެ.