އެމްއެންޑީއެފް

ދިޔަވަމުންދިޔަ ލޯންޗަކަށް ސިފައިން އެހީވެއްޖެ

Jul 14, 2022

އއ. އަތޮޅަށް ދަތުރު ކުރަނިކޮށް ދިޔަވި ލޯންޗަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ

އެމްއެންޑީއެފް އިން ބުނީ މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗަށް ދިޔަވަމުން ދިޔަ ވަގުތު ލޯންޗުގައި 47 މީހުން އުޅަނދުގައި ތިބި ކމަަށެވެ.

"އެރުވީނާ އަލޯހާ" ނަމަކަށް ކިޔާ ލޯންޗަށް ދިޔަވާން ފެށީ އަލިހުރަސް ކަނޑުން ލަކުޑި ގަނޑެއްގައި ޖެހި ލޯންޗުގެ ހަލްގަނޑު ތިރިން ފަޅައިގެން ދިއުމާ ގުޅިގެންނެވެ.

ލޯންޗަށް ދިޔަވާ ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 3:59 ހާއިރު އެވެ.

އެމްއެންޑީއެފް އިން ބުނީ މައުލޫމާތު ލިބުމާ އެކު ކޯސްޓްގާޑު ޑައިވަރުންނާއެކު ކޯސްޓްގާޑުގެ އުޅަނދެއް ލޯންޗް ކައިރިއަށް ގޮސް ސިފައިންގެ އެހީތެރިކަމާ އެކު މިއަދު 4:37 ހާއިރު ގިރާވަރު ފަޅަށް ލޯންޗް ވައްދާފައިވާ ކަމަށެވެ.

ލޯންޗުން ދަތުރުކުރި 45 މީހުން މެރީން ޕޮލިހާއި "ހަލްޔާޑް" ނަމަކަށް ކިޔާ ލޯންޗެއްގެ އެހީތެރިކަމާއެކު މާލެއަށް ގެނެސްފައިވާ ކަމަށާއި ކޯސްޓްގާޑްގެ އެހީތެރިކަމާ އެކު ލޯންޗު މަރާމާތުކުރުމަށް ގިރާވަރުން ތިލަފުށްޓަށް މިހާރު ގެންގޮސްދީފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މި ހާދިސާގައި ލޯންޗުން ދަތުރުކުރި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.