އޮބިޗުއަރީ

ކުރީގެ ލިޔުންތެރިޔާ އަލީ ވަހީދު ނިޔާވެއްޖެ

Jul 14, 2022
1

ކުރީގެ މަޝްހޫރު ލިޔުންތެރިޔާ އަލީ ވަހީދު ނިޔާވެއްޖެ އެވެ.

ދިވެހި ބަހާއި ލިޔުންތެރިކަމަށް ހިދުމަތް ކުރައްވާފައިވާ އަލީ ވަހީދު މިއަދު ނިޔާވިއިރު އުމުރުފުޅުން 84 އަހަރެވެ.

ތަރުޖަމާކުރުމުގެ ރޮނގުން އަލީ ވަހީދު ކުރައްވާފައިވާ މަސައްކަތް ބަލައިގަނެ ދިވެހި ސަރުކާރުން ވަނީ 1994 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަލީ ވަހީދަށް ދެއްވާފަ އެވެ.

އަލީ ވަހީދު ވަނީ އުރުދޫ ބަހުން ހުރި ބައެއް ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާ ކުރައްވާފަ އެވެ.

ފިލްމީ ދުވެލީގެ ނަމުގައި އަލީ ވަހީދު ވަނީ މަޖައްލާއެއް ވެސް ނެރުއްވާފަ އެވެ. އެމަސައްކަތް ހަތަރު އަހަރު ވަންދެން ކުރައްވާފައިވެ އެވެ.

އަލީ ވަހީދު ލިޔުއްވުމުގެ މަސައްކަތް ބޮޑަށް ކުރައްވަން ފެއްޓެވީ ގައުމީ ކުންފުނީގެ ޗާޕުހާނާ ދުވަސްވަރުން ފެށިގެންނެވެ.