ޓޫރިސްޓް އެރައިވަލް

ރާއްޖެ އިޝްތިހާރު ކުރަން އިންޑިއާ ޓްރެވަލް އެޖެންޓުން

Jul 19, 2022
1

ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އިންޑިއާގެ ޓްރެވަލް އެޖެންޓުންގެ ޓީމެއް އެމްއެމްޕީއާރުސީ އިން ގެނެސްފި އެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ ޒިންމާ އަދާކުރާ އެމްއެމްޕީއާރްސީ އިން ބުނީ އިންޑިއާގެ މަޝްހޫރު ޓްރެވަލް އެޖެންޓުންގެ ޓީމެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީ އިން މިފަހަރު ގެނެސްފައިވާ ޓްރެވަލް އެޖެންޓުންގެ ޓީމުގައި ހިމެނެނީ މޭކްމައި ޓްރިޕް އާއި ނެވާލިންކްސް އާއި އެސްއެފްވެކޭޝަންގެ އިތުރުން އަދި ހޮލިޑޭ ކާމާގެ މެންބަރުންނެވެ.

މި މީހުން ރާއްޖޭގައި ތިބެން ހަމަޖެހިފައިވަނީ ގްރޭންޑް ޕާކް ކޮންދިއްޕަރުގެ އިތުރުން ކޮރޮސްރޯޑް މޯލްޑިވްސް އާއި ހައިޑަވޭ ބީޗް ރިސޯޓެވެ.

މި މީހުން ރާއްޖޭގައި ކުރާ ދަތުރުގައި ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓްތައް ތަޖުރިބާކާރު ކުރާނެ އެވެ.

އިންޑިއާ އަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު މާކެޓެވެ. މި އަހަރުގެ ޖޫންގެ ނިޔަލަށް އިންޑިއާ އިން 119،167 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.