ދުނިޔެ

މެކްސިކޯގެ ޑްރަގް ލޯޑް އެލް ޗެޕޯ ހައްޔަރުކޮށްފި

މެކްސިކޯގެ އެންމެ ބޮޑު ޑްރަގް ލޯޑް އަދި އެގައުމުގެ އެންމެ "ވޯންޓެޑް" މީހާ ކަމުގައިވާ ޖޯކިން 'އެލް ޗައްޕޯ' ގަޒްމެން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މެކްސިކޯގެ ރައީސް އެންރިކޭ ޕީނާ ނިއޭޓޯ ކުރެއްވި ޓްވީޓެއްގައިވަނީ "އޭނާ ހައްޔަރުކުރެވިއްޖެ ކަމަށާއި، މިޝަން ކާމިޔާބު ކުރެއްވިއްޖެ" ކަމަށެވެ.

މެކްސިކޯގެ ބާރުގަދަ ސިނޯލާ ކާޓެލްގެ ވެރިޔާ އެލް ޗައްޕޯވަނީ މީގެކުރިން ދެ ފަހަރު ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެ ދެ ފަަހަރުވެސް އޭނާ ވަނީ ޖަލުން ފިލާފަ އެވެ.

އެލް ޗައްޕޯ ހައްޔަރުކުރީ މެކްސިކޯގެ އައްސޭރި ފަށު ހިސާބެއް ކަމުގައިވާ ލޮސް މޯޗިސްގައި މެކްސިކޯގެ ކަނޑުގެ ސިފައިންނަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ފަސް މީހުން މަރުވެ އެކަކު ވަނީ ޒަހަމްވެފަ އެވެ.

އެލް ޗައްޕޯ އިއްޔެ ހައްޔަރުކުރި އިރު މިދިޔަ ޖުލައ މަހު އޭނާ ވަނީ ޖަލުގެ ހައްޔަރކުރިތާ 17 މަސްދުވަސް ފަހުން ޓަނަލް އެއްގެ ތެރެއިން ނުކުމެގެންނެވެ. އެ ޖަލަކީ މެކްސިކޯގެ އެންމެ ސެކިއުރިޓީ ވަރުގަދަ އެއް ޖަލެވެ. ޖަލުގައި ހުރި 1.5 ކިލޯ މީޓަރުގެ ޓަނަލަކުން ބޭރަށް ނުކުންނަށް އޭނާ ބޭނުންކޮށްފައިވަނީ ސައިކަލެކެވެ.

އޭގެ ކުރިން 1993 އަހަރު އެލް ޗައްޕޯ ޖަލަށް ލުމުން އޭނާ ފިލާފައިވަނީ 2001 ވަނަ އަހަރު ލޯންޑްރީ ކާޓް އެއްގެ ތެރެއަށް ވަދެ ފިލައިގެންނެވެ.