އައްޑޫ ސިޓީ

ފަންނާނުންގެ މިއުޒިކީ އީދު އައްޑޫގައި ބާއްވަނީ

Jul 23, 2022

ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު"ގެ ކުރިއަށް އޮތް ޝޯ އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.

ކުރިއަށް އޮތް މިނިވަން ދުވަހާ ގުޅުވައިގެން މި ޝޯ ބޭއްވުމަށް ހަމަޖައްސާފައިވަނީ ޖުލައި 27 އަދި 28 ގައެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދަކީ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވަމުން ގެންދާ ޝޯ އެކެވެ.

ރާއްޖޭގެ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެނިގެންދާ މި ޝޯ އަކީ އާންމުންގެ މަގުބޫލުކަން ބޮޑު ޝޯ އެކެވެ.

އަތޮޅު ތެރޭގައި ބާއްވާ ދިވެހި ފަންނާނުންގެ މިއުޒިކީ އީދުގެ ފުރަތަމަ ޝޯގެ ޕާޓްނަރުންގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ބައެއް އަމިއްލަ ކުންފުނިތައް ވެސް ހިމެނެ އެވެ.

މިއަހަރުގެ ޝޯ ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އައްޑޫ ސިޓީއާއި އެންސީއޭ ގުޅިގެންނެވެ.