މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ސެޓްލިންކަށްދިން ލައިސަންސް ބްރޯޑްކޮމް އިން ބާތިލްކޮށްފި

Jan 7, 2016

"ސެޓްލިންކް ޕްރައިވެޓް ލިމިޓެޑް" އށް ދޫކޮށްފައިވާ ރީބްރޯޑްކާސްޓު ކުރުމުގެ ލައިސަންސް ބާތިލް ކޮށްފި އެވެ.

ބްރޯޑްކޮމް އިން ބުނީ ސެޓްލިންކް އަށް ލައިސަންސް ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން 2025 ވަނަ އަހަރުގެ ޖެނުއަރީއަށް ކަމަށެވެ. އެ ލައިސަންސް ދިނީ ހޮލިޑޭ އިން ކަނޑޫމާ މޯލްޑިވްސްގައި ރީބްރޯޑްކާސްޓް ކުރަން ކަމަށެވެ.

ސެޓްލިންކްގެ ލައިސަންސް ބާތިލްކުރީ ކީއްވެގެން ކަމެއް ބްރޯޑްކޮމް އިން ނުބުނެ އެވެ.