ވިޔަފާރި

ރަމްޒީ ކައިވެނިތަކަށް ލަނޑާގިރާވަރުގައި މޫދު ގެއެއް!

Jan 9, 2016
  • ރާއްޖޭގައި ރަމްޒީ ކައިވެނި ބާއްވަން ގިނަ ބަޔަކު އާދެ
  • ފޯސީޒަނަކީ މަތީ ފަންތީގެ ގިނަ ޓޫރިސްޓުން އަންނަ ރިސޯޓެއް

ރާއްޖެއަކީ ރަމްޒީ ކައިވެނި ތަކަށް މަޝްހޫރު ގައުމެވެ. ރާއްޖެއަށް އަންނަނަ ގިނަ އަދަދެއްގެ ޓޫރިސްޓުން ރާއްޖެއަށް "ރަމްޒީ ކައިވެނީގެ ރަސްމިއްޔާތު" ބާއްވަން ބޭނުންވެ އެވެ. ސަބަބަކީ ކައިވެނީގެ ހެދުން އަޅާލައިގެން ފޮޓޯ ނަގައިލުމެވެ. އެހެންވެ މިކަމަށް ހާއްސަކޮށްގެން ރާއްޖޭގެ ފޯސީޒަން ލަނޑާ ގިރާވަރު ރިސޯޓުގައި މިވަނީ ހާއްސަ ތަނެއް ހަދާފައެވެ. އެ ރިސޯޓަށް އަންނަ ޓޫރިސްޓުގެ ކައިވެނީގެ ރަސްމީޔާތުތައް ބޭއްވުމަށް މޫދުގައި މިވަނީ ގެއެއް އަޅާފަ އެވެ.

ޓެލެގްރާފުގައި ގޮތުން ލަނޑާ ކިރާވަރުގެ މޫދުގައި ހަދާފައިވާ ގެ ފަރުމާކޮށްފައިވަނީ މި ފަދަ ކައިވެނީގެ ރަސްމީއްޔާތުތަކަށް ބޭނުންވާ ފުރިހަމަ ވަސީލަތްތަކާއެކުގަ އެވެ. މިތަން ފަރުމާކޮށްފައިވަނީ ހިދުމަތް ހޯދަން އަންނަ ޓޫރިސްޓުންގެ ހިތް ދަމައިގަންނާނެ ގޮތަކަށެވެ. ރޮމޭންޓިކް މޫދު އަންނާނެ ގޮތަކަށެވެ. އެގޮތުން މި އިމާރާތުގެ ތެރޭގައި ތިބޭއިރު މޫދު އަޑި ރީތިކޮށް ފެނެ އެވެ.

ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހާއްސ މި ގެއަށް ދަނީ ކިޔާނެގި ކުޑަ ދޯންޏެއްގަ އެވެ. އިހު ޒަމާނުގައި ދިވެހި މަސްވެރިން ބޭނުންކުރި ގޮތަށް ބަނދެފައިވާ މި ދޯނި ފަރުމާކޮށްފައި ވަނީ ޓޫރިސްޓުންގެ ހިތް ކިޔާ ގޮތަށް އަރާމުކަމާއެކު ތިބެވޭ ގޮތަށެވެ.