މޯލްޑިވްސް ޕޮލިސް ސާވިސް

ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ހޯދަނީ

Aug 7, 2022
1

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަންޖެހޭ މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވަނީ ލ. މާވަށް / ޗަމްޕާގެ، މުހައްމަދު އަލީ (21އ) އެވެ.

ފުލުހުން ބުނީ މުހައްމަދު އަލީ އަކީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހެއް ކަމަށެވެ. އެހެންވެ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އޭނާ ކޯޓަށް ހާޒިރުކޮށްދޭން ޖެހެނީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 ޖަހާއިރު އެވެ.

މުހައްމަދު އަލީ ކޯޓަށް ހާޒިރުކުރަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ މައްސަލައަކާ ގުޅިގެންނެވެ.

މުހައްމަދު އަލީއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް މީހަކަށް އެނގޭނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.