ހޮލީވުޑް

އެފްބީއައިގެ ތަހުގީގުން އެލެކް ބޯލްޑްވިންގެ ބަޔާން ދޮގުކޮށްފި

Aug 15, 2022

މިދިޔަ އަހަރުގެ އޮކްޓޯބަރު 21 ވަނަ ދުވަހު ނިއު މެކްސިކޯގެ ވީރާނާވެފައި އޮތް އަވަށެއްގައި "ރަސްޓް" ފިލްމްގެ ޝޫޓިން ކުރިއަށް ދަނިކޮށް، ހޮލީވުޑް ފިލްމް ތަރި އެލެކް ބޯލްޑްވިންގެ އަތުގައި އޮތް ޕްރޮޕް ބަޑިއެއް ޖެހި، ފިލްމްގެ ސިނަމެޓޮގްރާފާ ހަލީނާ ހަޗިންސްގެ ހަށިގަނޑަށް އެރި ވަޒަން ހަށިގަނޑު ފޫއަޅައިގެންގޮސް ޑިރެކްޓަރު ޖޮއެލް ސޫޒާގެ ކޮނޑުގައި ޖެހި ޒަހަމްތަކެއް ވަނީ ލިބިފަ އެވެ.

މި ހަމަލާއާ ގުޅިގެން ހަޗިންސް ވަނީ ހިނދުކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ.

މި ހާދިސާއާ ގުޅިގެން އެލެކް ބޯލްޑްވިން ބުނީ އޭނާ ހީކުރީ އެއީ ވަޒަނެއް ނުލައްވާ އޮތް ބަޑިއެއް ކަމަށާއި އޭނާ ޓްރިގަރއަށް ނުދަމާ ކަމަށެވެ.

އޭނާ ޓްރިގަރއަށް ނުދަމަނީސް އެ ބަޑި އަމިއްލައަށް ޖެހުނު ކަމަށް ޕޮލިހުންނަށާއި މީޑިއާތަކަށްވެސް ބޯލްޑްވިން ވަނީ ބަޔާންދީފަ އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުންވެސް ހަޗިންސް މަރުވެފައިވަނީ އެކްސިޑެންޓަކުން ކަމަށް ކޮރޯނަ ވަނީ ނިންމާފަ އެވެ.

ނަމަވެސް އެފްބީއައިގެ ތަހުގީގީ ރިޕޯޓްގައި ބުނެފައިވަނީ އެ ބަޑީގައި އެއްވެސް މެކޭނިކަލް މައްސަލައެއް ނެތް ކަމަށާއި އެ ބަޑިން ވަޒަން ނިކުމެގެން ދާނީ ޓްރިގަރަށް ދަމާލީމަ ކަމަށެވެ.

އެފްބީއައިގެ ރިޕޯޓް ލިބުމާއެކު ސެންޓާ ފޭގެ ޝެރިފްސް ޑިޕާޓްމަންޓުން މިމައްސަލަ ޕްރޮސެކިއުޓަރަށް ދައުވާ ކުރުމާ ބެހޭގޮތުން ގޮތެއް ނިންމުމަށް ފޮނުވާނެ އެވެ.

ތަހުގީގު ކުރާ ޓީމަށް ބޯލްޑްވިންގެ ފޯން ރިކޯޑިން ހަތް މަސް ވީ އިރު ވެސް ހޯދިފައިވެސް ނުވެ އެވެ.