ހޮލީވުޑް

"ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" އެމެޒޯން ޕްރައިމަށް އަންނަނީ

Aug 15, 2022

ޖޭއާރްއާރް ޓޯލްކިއެންގެ ލޯޑް އޮފް ދަ ރިންގްސް ފޮތްތަކުގެ މައްޗަށް ބިނާކޮށް "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" އެމެޒޯން ޕްރައިމްގައި ސީރީޒެއް ގޮތަށް ދައްކަން ފަށަން ތައްުޔާރުވެއްޖެ އެވެ.

ފަހުގެ ހަބަރުތައް ބުނާ ގޮތުގައި އެމެޒޯން ޕްރައިމްގައި މި ސީރީޒް ދައްކަން ފަށާނީ ކުރިއަށް ސެޕްޓެމްބަރު ދެވަނަ ދުވަހު އެވެ.

ޑީޖޭ ޕޭންގެ "ލޯޑް އޮފް ދަ ރިންގްސް: ރިންގްސް އޮފް ޕަވަ" ގައި ދައްކާނީ ޕީޓަ ޖެކްސަންގެ "ދަ ހޮބިޓް" އާއި "ލޯޑް އޮފް ދަ ރިންގްސް" ގެ ތިން ފިލްމަށް ވުރެ އެތައް ހާސް އަހަރެއް ކުރީގެ މިޑްލް އާތު އެވެ.

އެ ބާރުގަދަ ޖާދުވީ ރިންގްތަކުގެ އެފެއްދުމާއި އޭގެ ދަހިވެތިކަމުގައި ސައުރަންއާ އިދިކޮޅަށް އިންސާނުންނާއި އެލްވްސް އަދި ޑްވާފްސް ކުރާ ހަނގުރާމައާއި އެކި ކަންތައްތައް ފެނިގެންދާނެ އެވެ.

ޕީޓަ ޖެކްސަންގެ "ލޯޑް އޮފް ދަ ރިންގްސް"ގެ ތިން ފިލްމަކީ ބޮކްސް އޮފީހުގައިވެސް ވަރަށް ކާމިޔާބު ތިން ފިލްމެވެ. އެގޮތުން އެ ފިލްމްތައް ވަނީ 17 އޮސްކާ ހާސިލްކޮށް، އިތުރު 13 އޮސްކާއަކަށް ނޮމިނޭޓް ވެފަ އެވެ.