ހަބަރު

މުލިއާގެ ކައިރީ ބޮން ބޭއްވި މީހުންގެ ބަންދު އިތުރުކޮށްފި

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރާވައި މުލިއާގޭ ކައިރީ ގޮއްވާލަން ބާއްވާފަ އޮތް އައިއީޑީގެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. މިއީ އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރި ފަސްވަނަ ފަހަރެވެ.

މި މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ އިއްޔެއެވެ. އެ ދެ މީހުންނަށް ބަންދުގެ މުއްދަތަށް ޖެހީ 10 ދުވަހެވެ. އަނެއް ދެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ މި މަހުގެ ހަވަނަ ދުވަހުއެވެ. ޖަހާފައިވަނީ 15 ދުވަހެއެވެ. މި ހަތަރު މީހުންނަކީ އެކި ފަހަރު މަތިން ފުލުހުން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނެވެ.

މިހާދިސާއާ ބެހޭގޮތުން މީގެކުރިން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައިވަނީ އައިއީޑީ ހަރުކޮށްފައި އޮތް ޕިކަޕު އޮތީ ރައީސް ޔާމިން ވަރަށް ގިނައިން ދަތުރު ކުރާ މަގެއްގައި ކަމަށާއި އަދި އެ ހަމަލާއަކީ ސީދާ ރައީސް އަވަހާރަ ކޮށްލުމަށް ދިން ހަމަލާ އެއް ކަމަށެވެ.

މުލިޔާގޭކައިރީގައި ބޮމުގެ ހަމަލާއެއް ދޭން ބަޔަކު މަސައްކަތް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދެވަނަ ދުވަހުގައެވެ.