އެމްއެންޑީއެފް

ކޮންޓެއިނާ އުފުލާ ބޯޓެއްގައި އޮތް ބަލި މީހަކަށް އެހީވެއްޖެ

Aug 20, 2022
1

ކޮންޓެއިނާ އުފުލާ ބޯޓެއްގައި ހުރި ބޭރުގެ ފަޅުވެރިއެއްގެ ސިއްހީ ހާލު ދެރަވުމާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ސިއްހީ ހާލަތު ގޯސްވީ އައްޑޫ ސިޓީއާ 436 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ "އެމްއެސްސީ ރަވެނާ" ނަމަކަށް ކިޔާ ކޮންޓެއިނާ އުފުލާ ބޯޓުގައި ހުރި އުމުރުން 26 އަހަރުގެ ފިލިޕީންސް މީހެކެވެ.

މިހާދިސާގެ މައުލޫމާތު، އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރުފަހު 3:13 ހާއިރު އެވެ.

ބަލިމީހާ އޮތް ބޯޓު އައްޑޫ ސިޓީއާ ހަތަރު ނޯޓިކަލް މޭލު ކައިރިއަށް ދަތުރުކުރުމުން ސިފައިންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޯޓު ކައިރިއަށް ދަތުރުކޮށްފަ އެވެ.

ސިފައިންގެ އެހީތެރިކަމާއެކު ބަލި މީހާ ބޯޓުން ބާލައި، އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 5:05 ހާއިރު އެވެ.