ހޮލީވުޑް

"މޮޑަން ފެމިލީ"ގެ ސޭރާ ހައިލެންޑް ކައިވެނިކޮށްފި

Aug 22, 2022

"މޮޑަން ފެމިލީ" ސީރިޒްގެ ތަރި ސޭރާ ހައިލެންޑް އޭނާގެ ލޯބިވެރިޔާ ވެލްސް އެޑަމްސްއާ ކައިވެނިކޮށްފި އެވެ.

ސޭރާ އާއި ވެލްސް ކައިވެނިކޮށްފައި މިވަނީ އެންގޭޖްވިތާ ތިން އަހަރު ފަހުންނެވެ.

މި ދެ ލޯބިވެރިންގެ ކައިވެނި ކޯވިޑް-19 އާ ހެދި ލަސްކުރީ އެވެ.

މި ކައިވެނީގައި ސޭރާއާ އެކު "މޮޑަން ފެމިލީ"ގައި އުޅުނު ތަރިން ސޯފިއާ ވަރްގޭރާ، ޖެސީ ޓައިލާ ފާގަސަން، ޖޫލީ ބޯވެން އަދި ނޯލަން ގޯލްޑް ވެސް ބައިވެރިވި އެވެ.

ސޭރާ ވަނީ ޑިޒްނީ ޗެނަލްގެ ގީކް ޗަމިން، ސްޓްރަކް ބައި ލައިޓްނިން، ސްކެއަރީ މޫވީ 5، ވެމްޕަޔާ އެކަޑަމީ ފަދަ ފިލްމްތައް ކުޅެފަ އެވެ.