ހޮލީވުޑް

ބްރެއިން އެނުއަރިޒަމްއަކާ ގުޅިގެން މަރާ ވަރަށް ގާތްވި ކަމަށް ޑރ ޑްރޭ ބުނެފި

Aug 23, 2022

ބްރެއިން އެނުއަރިޒަމްއަކާ ގުޅިގެން، ދުނިޔޭގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ޑޮކްޓަރުންނަށް ނުދެވުނު ވަގުތުކޮޅެއް ދިޔަ ކަމަށް ޑރ. ޑްރޭ ބުނެފި އެވެ.

ޑރ. ޑްރޭ ބުނި ގޮތުގައި އޭނާއާ މެދު އުއްމީދު ކަނޑާލައި، އާއިލާ ގާތު އެންމެ ފަހުގެ ވަދާއު ކިޔުމަށްވެސް ޑޮކްޓަރުން ލަފާ ދިނެވެ.

ޑރ. ޑްރޭ މި ވާހަކަތައް ހިއްސާކޮށްފައިވަނީ "ވާކްއައުޓްދަ ޑައުޓް" ޕޮޑްކާސްޓް ގައެވެ.

އޭގައި އޭނާ ވަނީ ތަފްސީލުކޮށް އޭނާއަށް ޕެންޑެމިކް ތެރޭގައި ދިމާވި ސިއްހީ ކާރިސާގެ ވާހަކަ ދައްކާފަ އެވެ.

ޑރ. ޑްރޭ ބުނި ގޮތުގައި އޭނާ ނިދިއްޖެޔާ ހޭނާރާނެ ކަމަގު ބިރާހެދި ނިދަން ނުކެރޭ ކަމަށާއި ހޮސްޕިޓަލްގެ މުވައްޒަފުން ވަރަށް ބޮޑަށް އެހީތެރިވެދިނެވެ.

ޑރ. ޑްރޭ މިހާރު މަސައްކަތްކުރަމުންދަނީ މާވިން ގޭ ގެ ހަޔާތަށް ބިނާކޮށްފައިވާ "ވަޓްސް ގޮއިން އޮން" ގައެވެ.