މަސްވެރިން

އަގުހެޔޮ ތެޔޮ ނުލިބޭތީ ބީކޭއެމްޔޫގެ ކަންބޮޑުވުން

Aug 23, 2022
1

ކަންނެލި މަސްވެރިވެރިންނަށް އަގުހެޔޮކޮށް ޑީސަލް ނުލިބޭތީ ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބޮޑު ކަންނެލި ޔޫނިއަން (ބީކޭއެމްޔޫ) އިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އެ ޔޫނިއަންއަކީ ބޮޑު ކަންނެލި މަސްވެރިންނާއި މަސްވެރިންގެ އާއިލާތައް ހިމާޔަތް ކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށެވެ.

ޖަމިއްޔާގެ ބަޔާނުގައި ވަނީ ކަންނެލި މަސްވެރިކަމަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް ނުދީ ކަންނެލި މަސްވެރިކަމަށް ގެއްލުން ވާން ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ޔޫނިއަން އިން ބުނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ކަންނެލި މަސްވެރިންނަށް ތެޔޮ ލީޓަރެއް ވިއްކަނީ 20.02ރ. އަށް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ އުތުރާއި ދެކުނުގެ މަސްވެރިންނަށް ފެލިވަރާއި ކޫއްޑޫ އިން 16.86ރ. އަށް ޑީސަލް ވިއްކާ ކަމަށެވެ.

"ކަންނެލި މަސްވެރިކަމަކީ މުޅި މާލެ ސަރަހައްދުގައި މަސްކިރާ ތެލާއި ކޮއްތާއި އަދި ބޯފެން އާއްމު ގޮތެއްގައި އަރުވައިގެން މަސައްކަތް ކުރާ ފަރާތްތަކެއް،" ޔޫނިއަން އިން ބުނެފައިވެ އެވެ. އެ ޖަމިއްޔާ އިން ވަނީ މި މައްސަލަ ހައްލުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާފަ އެވެ.