މޯލްޑިވްސް ޕޮލިސް ސާވިސް

އަނިޔާވެރި އަމަލު ހިންގާ ވީޑިއޯ ނުފަތުރަން އެދިއްޖެ

Aug 23, 2022
1

ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށް އެ ވީޑިއޯ ނުފަތުރަން ދިވެހި ފުލުހުންގެ ހިދުމަތާއި ޖެންޑާ މިނިސްޓްރީން އެދިއްޖެ އެވެ.

އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ގޮނޑިއެއްގައި އިން ކުއްޖެއްގެ އަތުގައި އޮތް ފޮތެއް އެހެން ކުއްޖަކު އަތުލަން އުޅޭ ތަނެވެ. އަދި އޭގެފަހުން އިށީނދެ އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަންނަ މަންޒަރު ފެނެ އެވެ.

ފުލުހުން ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނި ކަމެއް އަންނާނެ ފަދަ ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު/ފޮޓޯ އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ސްކޫލެއްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ މިއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށް ވާތީ އެއްވެސް މީޑިއާ އަކުން ނުވަތަ އެއްވެސް މީހަކު އެއްވެސް ގޮތަކަށް މި ވީޑިއޯ ދައުރު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.