އެޗްޑީސީ

އެޗްޑީސީގެ އެމްޑީ ސުހައިލް ރިޓަޔާ ކުރައްވައިފި

Aug 24, 2022
2

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު ރިޓަޔާ ކުރައްވައިފި އެވެ.

ސުހައިލް ރިޓަޔާ ކުރެއްވީ މިދިޔަ ހަފްތާގައި ކަމަށް އެޗްޑީސީން ޔަގީންކޮށްދެ އެވެ.

އެޗްޑީސީ ހިންގުމުގައި މި ވަގުތު އެންމެ އިސްކޮށް ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އެޗްޑީސީ އުފެއްދި ދުވަސްވަރުން ފެށިގެން ސުހައިލް ގެންދެވީ އެ ކުންފުނީގައި މަސައްކަތް ކުރައްވަމުންނެވެ.

ސުހައިލް ވަނީ ރައީސް ޑރ. މުހައްމަދު ވަހީދާއި އަދި ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ވެސް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސުހައިލް އައްޔަންކުރެއްވީ ޑިސެމްބަރު 30، 2018 ގައެވެ.

ސުހައިލް ރިޓަޔާ ކުރައްވާފައި މިވަނީ އެޗްޑީސީގައި 15 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފަ އެވެ.