ހަބަރު

ގާރީންގެ ދަފްތަރު އެކުލަވައިލަން ފަށައިފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ރާއްޖޭގައި ތިބި ގާރީންގެ ދަފްތަރެއް އެކުލަވައިލަން ފަށައިފި އެވެ.

އެމަރުކަޒުން ނެރުނު އިއުލާނެއްގައި ބުނީ އެ ދަފްތަރުގައި ރަޖިސްޓްރީކޮށްދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ގާރިންނާއި ގާރިއާއިން ކަމަށެވެ.

ގާރީންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްދޭ ޝަރުތުތައް:

1. ދިވެހި ރައްޔިތަކަށްވުން
2. އެޑްވާންސްޑް ލެވެލް (ލެވެލް 4) ފެންވަރު ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ޤާރީ ސެޓްފިކެޓެއް ނުވަތަ ގުރްއާން މުދައްރިސް ކަމުގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވާ ފަރާތަކަށްވުން
3. އަބުރާއި ޝަރަފް ގެއްލޭ ފަދަ ކުށެއް ސާބިތުވެ އަދަބު ކަނޑައެޅިފައިވާ މީހަކަށް ނުވުން
4. މަރުކަޒުން ބާއްވާ ގުުރުއާ ކިޔެވުމުގެ ޝަފަވީ އިމްތިހާނަކުން ފާސްވެފައިވާ ފަރާތަކަށްވުން

ގާރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިހާރު އެ މަރުކަޒުން ދަނީ ދޫކުރަމުންނެވެ.

ގުރުއާނާބެހޭ މަރުކަޒުން ބުނީ ދަފްތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން އެޕްރީލް މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އެމަރުކަޒަށް ފޯމު ފުރުމަށްފަހު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ ކޮޕީ ހުށަހެޅަން ޖެހޭނެ ކަމަށެވެ.