ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިލޭ ޑިގްރީގެ ފުރުސަތު 15،000 ކުދިންނަށް

Aug 31, 2022

މިސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސިޔާސަތުގެ ދަށުން 15،000 ވަނަ ދަރިވަރު ކިޔެވުމަށް ފުރުސަތު ހޯދުމާ ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބީއެއްގެ ގޮތުގައި އެކަން ފާހަގަކުރައްވައިފި އެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ސިޔާސަތުގެ ކާމީޔާބީ ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުމުގައި ތައުލީމީ ގާބިލު ޖީލެއް ބިނާކުރުން ކަމަށެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހް ވެވަޑައިގެންނެވި ވައުދެކެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރައީސް ސޯލިހް ވަނީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

ހިލޭ ޑިގްރީއަށް ކިޔެވުމަށް ފުރުސަތު ހުޅުވާލުމުން ފުރަތަމަ އަހަރު -- 2019 ވަނަ އަހަރު 4،804 ދަރިވަރުން ވަނީ އެ ފުރުސަތުގެ ބޭނުންކޮށްފަ އެވެ. ދެވަނަ އަހަރު -- 2020 ވަނަ އަހަރު 4،818 ދަރިވަރުން އަދި ތިންވަނަ އަހަރު -- 2021 ވަނަ އަހަރު 3،301 ދަރިވަރުން މިފުރުސަތުގެ ބޭނުން ހިފާފައިވެ އެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 2،077 ދަރިވަރުން ގެންދަނީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ހޯދައި ކިޔަވަމުންނެވެ.