ގދ. ތިނަދޫ

ތިނަދޫ އިން ގެއްލުނު މީހާ ފެނިއްޖެ

Aug 31, 2022

ގދ. ތިނަދޫ އިން ގެއްލިގެން ހޯދި އަންހެން މީހާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދީ އެ ރަށު ކަސްޓަޑްގެއާގެ، ހައްވާފާނު (ހައްވަހަންތަ) އެވެ. އެއީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.

ތިނަދޫ ކައުންސިލުން ދެންމެ ބުނީ އަންހެން މީހާ ފެނިފައިވާ ކަމަށެވެ. އޭނާ ފެނިފައިވަނީ ތިނަދޫ މިއުޒިއަމް ޕާކު ކައިރީގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ކަމަށެވެ. އެ މީހާއަށް މިވަގުތު ތިނަދޫ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށްވެސް ބުންޏެވެ.