އިހަވަންދޫ

އިހަންވަންދޫ ގެއެއްގައި އަލިފާން ރޯވެ ގެއްލުންތަކެއް

Sep 2, 2022

ހއ. އިހަންވަންދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ "ނަލައައްސޭރި" ކިޔާ ގެއެއްގައި މިއަދު މެންދުރު 12:00 ޖަހާއެހާއިރު އެވެ.

އަވަސް އަށް މައުލޫމާތު ދިން މީހަކު ބުނީ އެންމެ ފުރަތަމަ އަލިފާން ރޯވީ އެގޭގައި ލަކުނޑިތަކެއް އަޅާފައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އެއަށްފަހު އަލިފާންގަނޑު ގޭތެރެއަށް ފެތުރި އެބައިގައި ހަދާފައި ހުރި ތިން ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ ތިން ކޮޓަރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށްވެސް ބުންޏެވެ.

"އަލިފާން ރޯވީ ނަލައައްސޭރި ގޭގައި ވަކިން ހަދާފައި ހުރި ތިން ކޮޓަރީގެ ތެރެއިން ކޮޓަރިއެއްގައި ހުރި ލަކުނޑިތަކުގައި ހުޅުހިފައިގެން. އެކަމަކު އެ ލަކުނޑިތަކުގައި އަލިފާން ހިފަން މެދުވެރި ސަބަބެއް ނޭނގެނީ،" އޭނާ ބުންޏެވެ.

އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޯވިތާ ގަޑިއެއްހާއިރު ފަހުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ޖެހިގެން ހުރި ގެއަށްވެސް އަލިފާންގެ އަސަރުކޮށްފައިވެ އެވެ.