އިމިގްރޭޝަން

ދިވެހިންނަށް ހާއްސަ އީގޭޓްތައް ނިންމައި ޓެސްޓްކޮށްފި

Jan 11, 2016

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި ދިވެހިންނަށް އަމާޒުކޮށް ހަދާ އީގޭޓް ގެ މަސައްކަތް ނިންމާލައިފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ ޑިޕާޗާ ޓާމިނަލްގައި ގޭޓެއް ހެދި އިރު އެރައިވަލް ޓާމިނަލްގައި ދެ ގޭޓް ބަހައްޓާފައިވާ ކަމަށާއި އެ ގޭޓްތައް ނިންމައި މިހާރު ޓެސްޓްކޮށްފައިވާ ކަމަށާއި އާ ޕާޕޯސްޓާއެކު އެ ގޭޓްތަކުގެ ހިދުމަތް ފަށާނެ ކަމަށެވެ. އާ ޕާސްޕޯޓް ބޭނުން ކުރަން ފަށަނީ މި މަހުގެ ފަހުކޮޅުއެވެ.

މި ހިދުމަތް އައުމާއެކު ދިވެހިންގެ ޕާސްޕޯޓްގައި ރާއްޖޭގެ ތައްގަނޑެއް ނުޖަހާނެ އެވެ. އީގޭޓުން ޕާސްޕޯޓާއި ބޯޑިންޕާސް ސްކޭން ކުރުމަށްފަހު، ފިންގާ ޕްރިންޓް ޖެހުމުން އިމިގްރޭޝަނަށް ބޭނުންވާ މައުލޫމާތު ފުރިހަމަވާނެ އެވެ.